ދެކުނު ކޮރެއާގެ ސިއޯލް ޔުނިވާސިޓީގައި މާސްޓާސް ހެދޭ ސްކޮލަޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސިއޯލް ޔުނިވާސިޓީން ދޭ މި ސްކޮލަޝިޕްގެ ދަށުން އެ ޔުނިވާސިޓީން "މާސްޓާސް އިން އާބަން އެޑްމިނިސްޓްރޭޝަން އެންޑް ޕްލޭނިން" ހެދުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އެ ޔުނިވާސިޓީންނެވެ. މި ސްކޮލަޝިޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 11 ވާ ބުދަ ދުވަހުގެ ކުރިން ސިއޯލް ޔުނިވާސިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ވަނީ އެދިފައެވެ.

މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ.

މި ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މައުލޫމާތު ސިއޯލް ޔުނިވާސިޓީގެ ވެބްސައިޓް https://isus.uos.ac.kr/isus/web/recruit/muap އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ.