ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިތަކުގައި ކާބޯތަކެތި ބަންދުކުރަމުންދާކަން، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ބަންދުކުރަމުންދާ އިރު، އެ ފުޅިތަކަކީ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕެޓް)އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށެވެ.
އަދި އެ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެފަދަ ފުޅިތަކުގައި އެކި ބާވަތްތަކުގެ ބުއިންތައް ބަންދުކުރާކަން ސަމާލުކަމަށް އައިސްފައިވާ އިރު، އެކަން އެގޮތަށް ކުރުމުގެ ސަބަބުން ޕްލާސްޓިކުގެ އަަސަރު ކާބޯތަކެއްޗަށް ކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންކަމުން ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕެޓް) ފުޅިތަކުގައި ކާބޯތަކެތި ބަންދުނުކުރުމަށް އަންގާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ބޭނުންކޮށްފަ ހުންނަ ޕެޓްފުޅީގަ ކާބޯތަކެތި ބަންދު ކުރުމަކީ މަނާކަމެއް ކަމަށް ބުނާކަށް ނުކެރުނު އުތަ، މީއަޅެ ގައުމެއްތަ!؟
ގަރުދިޔާރިފު - 4 މަސް ކުރިން