އެމްބިއުލާންސްއަށް ޖާގަ ނުދީ ޕިކަޕަކުން މުދާ ހުސްކުރަން މަޑުކޮށްގެން އޮތް މައްސަލައެއް ބަލަން ފަށައިފިއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނި މަގެއްގައި ކުޑަ ޕިކަޕެއް މަޑުކޮށް މުދާ ހުސްކުރަމުންދާ އިރު، ފަހަތުން އެމްބިއުލާންސް ސައިރަން އަޅަމުންދާ އަޑު އިވެއެވެ. މުދާ ހުސްކުރުމަށްފަހު ޕިކަޕް ދުއްވާލަނީ ކުޑައިރުކޮޅެއް ފަހުންނެވެ.
އަދި އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕުތަކާއި ކާރެއް އަދި ސައިކަލުތައް ވެސް އެމްބިއުލާންސްގެ ކުރިއަށް އޮވެއެވެ. މަގު ހަނިކަމުން ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދަކަށް މަގު އެއް ކައިރިއަށް ޖެހި އެމްބިއުލާންސްއަށް ތަން ދޭނެ ޖާގައެއް މަގަކު ނެތެވެ. ކުރިން ދުއްވާފައި ދިޔަ އެއްވެސް ސައިކަލެއް ވެސް މަގު އެއް ފަރާތަށްޖެހި އެމްބިއުލާންސްއަށް ޖާގަ ދީފައެއް ނުވާ މަންޒަރު އެ ވީޑިއޯ އިން ފެެނެއެވެ.
އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ނަމަ، މިނިސްޓްރީ އިން އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އާއިޝަތު މާހާ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި