މެލޭޝިޔާގައި ޓީބީ ފެތުރޭތީ އާންމުން ރައްކާތެރިވުމަށް އަންގައިފިއެވެ.

މެލޭޝިޔާގެ ހެލްތް މިނިސްޓްރީ އިން ވަނީ ޓިއުބަކްލޯސިސް ''ޓީބީ''ގެ ކޭސްތައް އެގައުމުގެ އެކި ސަރަހައްހައްދުތަކުން ގިނަވަމުން އަންނަ ކަމަށާއި މީހުން އެއްވެ އުޅޭ ތަންތަނާއި ބަންދު ތަންތަނުގައި އުޅޭ ފަރާތްތަކުން ސަމާލުވުމަށް އަންގާފައެވެ.

މެލޭޝިޔާގެ ހެލްތުން އިއްޔެ ނެރުނު ބަޔާނުގައި ވާގޮތުން އެގައުމުގައި މިމަހުގެ 8 އިން 14 އާ ދެމެދު 596 ކޭސް ފެނިފައިވާ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމުގައި ފާހަގަކޮށްފައެވެ.

ބަޔާނުގައި ވާގޮތުން އެގައުމުން މިހާތަނަށް 3،161 ޓީބީ ކޭސް ރެކޯޑު ކުރެވިފައިވެއެވެ.

މިނިސްޓްރީ އިން ވަނީ މީހުން އެއްވެ އުޅޭ ތަންތަނާއި ވައި ދައުރުވުން ކުޑަ ބަންދު ތަންތަނަކީ ޓީބީ ފެތުރުން ގިނަ ތަންތަން ކަމަށް ވުމާއެކު ބަލި ހުރި މީހަކު އެތަނެއްގައި ހުރިނަމަ ބަލި ފެތުރުމަށް ފުރުސަތު ބޮޑު ތަންތަން ކަމަށް ފާހަގަކޮށް ސަމާލު ވުމަށް އެދިފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ ރޯދަމަސް ފެށި މީހުން އެއްވެ އުޅޭ ސަރަހައްދުތައް ގިނަވެފައިވުމާއެކު ރައްކާތެރިމަކުގެ ފިޔަވަޅު ހުރިހާ ފަރާތްތަކުންވެސް އެޅުމަށް ގޮވާލާފައެވެ.