ނުރައްކާތެރި ގޭހެއް ލީކުވެ ނައިޖީރިއާ އިން 37 މީހަކު މަރުވެއްޖެއެވެ.
ނައިޖީރިއާގެ ޕްލަޓާއޫ ސްޓޭޓުގައި ދަގަނޑާއި މައުދަން ނަގާ މައިނެއްގައި ގޭސް ލީކު ވެގެން 37 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިއްޔެ ހިނގި އެހާދިސާގައި މީހުން މަރުވެފައިވަނީ ނުރައްކާތެރި ކާބަން މޮނޮކްސައިޑް ގޭސް ލީކު ވެގެން ކަމަށް މިހާތަނަށް ހާމަވެފައިވާ ކަމަށެވެ.
ގޭސް ލީކުވެފައިވަނީ މައިނުގެ އެތެރޭގައި މީހުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި އެވަގުތު އެތަނުގައި ތިބި އެންމެން ގޭހުގެ އަސަރުކޮށް މަރުވެގެން ވެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މައިނުގައި އެވަގުތު މަސައްކަތް ކުރި އެންމެން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު އެމީހުންގެ ޑިއުޓީ ބަދަލުވުމުން ދެން ދިޔަ މީހުންގެ ތެރެއިންވެސް ބަޔަކު މަރުވި ކަމަށް ވެއެވެ.
އެހާދިސާގައި 20 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
ގޭސް ލީކުވި މައްސަަލައިގެ ތަހުގީގު ފަށާފައިވީ ނަމަވެސް އެސަރަހައްދަކީ ނުރައްކާތެރި ގޭންގުތަކާއި ކުށްކުރާ މީހުން ގިނަ ސަރަހައްދަކަށް ވުމުން އޮފިޝަލުން އެސަރަހައްދަށް ދިއުމުގައި އުނދަގޫތަކެއް ހުރުމުން ތަހުގީގު ކުރުމުގައި ލަސްތަކެއް ވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް