ކެންސަރު ބަލިން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ކެންސަރި ދުވަހާ ގުޅިގެން އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހިތްވަރު ގަދަކަމުގެ އަގު ވަޒަން ކުރާ ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގެ ޝިކާރައަކަށްވާ އެތައް ބައެއްގެ ފުރާނަ ނަގާއިރު، މި ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ބޭނުމަކީ ކެންސަރު ބަލީގެ ޒަރޫރީ ފަރުވާ މާލެއިން ނޫނަސް ލިބޭނެ ގޮތް ހަދައި ނަފްސާނީ އަދި މާލީ ބުރަ ކުޑަކުރުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންނާއި މަދަނީ ޖަމިއްޔާތަކާއި އެންޖީއޯތަކުން ކޮންމެ ދުވަހަކު ވެސް ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ ފަރުދުންނާއި އާއިލާތަކަށް އުއްމީދު އާކޮށް، ހިތްވަރު ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު