ކުރިއަށް ދެ ދުވަހު ރާއްޖޭގެ ސަރައްހަދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހޭޒް ނުވަތަ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިދިޔަ މަހުން ފެށިގެން މާލޭ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެފައެވެ. އެގޮތުން މާލޭ ސަރަހައްދަށް ރަތް އެލާޓުވެސް ވަނީ ނެރެފައެވެ. ނަމަވެސް މި މަހު 12ގައި މެޓުން ވަނީ މާލޭ ސަރަހައްދުގެ ވައި ސާފުވަމުން އަންނަ ކަމަށް ބުނެފައެވެ.

ވައި ނުސާފުވެފައިވާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.