ދެކުރު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކެއޮން ހީ، ރިޝްވަތުގެ މައްސަލައެއްގައި ޖަލަށް ލައިފިއެވެ.
ދެކުރު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކެއޮން ހީގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެފައިވާތީ އޭނާގެ މައްޗަށް އެގައުމުގެ ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ވަނީ 20 މަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
ރިޝްވަތުގެ މައްސަލައެއްގައި 20 މަހަށް ހުކުމް ކޮށްފައިވާ އިރު، ކިމް އަށް މީގެ ކުރިން ވަނީ މަގާމުގެ ނުފޫޒު ފޯރުވުމާއި ގާނޫނާ ހިލާފުވުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމަށް ވެސް ހުކުމް ކޮށްފައެވެ.
ކިމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެފައި ވަނީ ފިރިކަލުން ތޫން ސުކް ޔެއޮލް ވޮން އަށް 2022 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެދުވަސްވަރު ހިންގާފައިވާ ރިޝްވަތުގެ އަމަލުތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ