ކެނަޑާއިން ޗައިނާއާ އެކު ޑީލު ހަދައިފިނަމަ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެނެޑާ އާއި ޗައިނާއިން ވިޔަފާރީގެ ޑީލެއް ހަދައިފި ނަމަ ކެނަޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 100 ޕަސެންޓަށް ބޮޑު ކުރާނެ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާ ޖައްސާލަައިގެން އެމެރިކާ އުޅޭ ކަމަށް ބުނެ ކެނަޑާގެ ބޮޑުވަޒީރު މާކް ކާނޭ ވަނީ ސްވިޒަލެންޑުގެ ޑާވޮސްގައި ކުރިޔަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެެމެރިކާއަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފައެވެ.
ކެނެޑާގެ ބަހުގެ ހަމަލާތަކާއެކު އެމެރިކާ އާއި ކެނަޑާގެ ގުޅުން ހީނަރުވެ ކޯޅުން އުފެދެން ފަށާފައިވެއެވެ.
ކެނަޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 ޕަސެންޓް ޓެރިފް ބޮޑުކުރާނެ ކަމަށް އިންޒާރު ދިން ނަމަވެސް އެކަމަށް އަމަލުކުރާނެ ކަމާ މެދު ދިރާސާކުރާ ފަރާތްތަކުން ވަނީ އަދި ޔަގީން ނުވާ ކަމަށް ބުނެފައެވެ.
ކެނަޑާގެ ބޮޑުވަޒީރު މާކް ކާނޭ ދާދިފަހުން ޗައިނާގެ ރައީސް ޝީޖިންޕިންއާ ބައްދަލުކުރައްވައި ވަނީ ޗައިނާ އާއެކު ވިޔަފާރީގެ ޑީލްތަކެއް ހެދުމަށް އެއްބަސްވެފައެވެ. އެގޮތުން ޗައިނާއިން ކެނަޑާއަށް އިލެކްޓްރިކް ވެހިކަލް ގެނައުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި