އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
އެ ހާދިސާގައި އަށް ކުރޫއިންނާއި އިންޑޮނޭޝިއާގެ މެރީން އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީގެ ތިން އޮފިޝަލުން ވަނީ މަރުވެފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ މިހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި ރައީސް ސުބިއަންތޯ އާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަހައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ހަމަ މިއާއެކު، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ވިދާޅުވިއެވެ.
އާއިޝަތު މާހާ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި