2007 ގައި މާލޭގައި ފެށި "ލެވިޝް"އަކީ ވިންޑޯ ޓްރީޓްމަންޓް، ފަރުދާތަކުން ފެށިގެން ބްލައިންޑްސްގެ އެކި ޑިޒައިންތަކަށް ހާއްސަ ކުންފުންޏެެކެވެ.

19 އަހަރުވީ ލެވިޝް ފުރަތަމަ އުފެދުނުއިރު އެންމެ ތިން މުވައްޒަފުން ތިބި ނަމަވެސް މިހާރު ތަނުގެ ޚިދުމަތް ފުޅާކޮށް، 12 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ހުސެއިން "ވަން"އަށް ވިދާޅުވިއެވެ.

"ކުރީންވެސް ކުރަމުންދިޔައީ އިންޓީރިއާ ޑިޒައިންގެ މަސައްކަތްތައް. މާކެޓުގައި ދޮރުފޮތީގެ އެއްޗެހި ނޫޅޭތީ ޕޮޓެންޝަލް މާކެޓެއް ކަމަށް ފެނިގެން ފެށި މަސައްކަތެެއް މި މަސައްކަތަކީ." ހުސެއިން ވިދާޅުވިއެވެ.

ދިވެހީންނަަށް އިސްކަންދޭން ބޭނުންވިނަމަވެސް ވަޒީފާގައި ހަރުލައި ތިބޭ ދިވެހީން ލިބުން ދަތިވުމުން ލެވިޝްގެ މަސައްކަތްތައް ކުރިޔަށްގެންދަނީ ބިދޭސީންވެސް ހިމަނައިގެންނެވެ. މަސައްކަތްތައް ފަރުމާކުރަނީ ކަސްޓަމަރުން އެންމެ ގަޔާވާ ގޮތަކަށެވެ. ކަސްޓަމަރުންގެ ހިތްހަމަޖެހުމަކީ ލެވިޝްގެ ކުރިއެރުން ކަމަށް މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.

17 ޖެނުއަރީ 2026: ލެވިޝްގެ އިންޓީރިޔާ މަސައްކަތްތައް --- ފޮޓޯ/ލަވިޝް

އޮންލައިން ފޯނުކޯލަކުން ވިޔަސް ޚިދުމަތް ބަރާބަރަށް ލިބޭނެ އެވެ.

މާލޭގެ ލެވިޝް ފިހާރަ ހުންނަނީ ރަށްދެބައިމަގުގައެެވެ. ހުލުމާލޭގައި ލެވިޝްގެ އައުޓްލެޓް ހުންނަނީ ސައިމާހިނގުން، ފޭސް 1/ ލޮޓް ނަންބަރު 11423 ގައެވެ.

ކުޑަދޮރުތަކުގެ މިން ނެގުމުން ފެށިގެން ދޮރުތަކުގައި ހަރުކުރާނެ ފޮތީގެ ޑިޒައިނަށް ދާންދެން ލެވިޝް އިން ލިބޭނެ އެވެ. ފޮތީގެ ކޮލިޓީ އާއި ފޮތީގެ މެޓީރިއަލް މޮޅުވާނެ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތެއްގައި ބާ ނުވެ ހުންނާނެ ކޮލިޓީ ތަކެތިން ޚިދުމަތް ދިނުމަކީ ލެވިޝްގެ އަމާޒެވެ. ފަރުދާތަކާއި ބްލައިންޑްތަކަކީ ރާއްޖޭގައި ކަސްޓަމައިޒް ކޮށްފައިވާ ތަކެއްޗެވެ.

މާލެ އަދި ހުޅުމާލޭގައި މިވަގުތު ދެ ފިހާރަ ހިންގައެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހުޅުވާފައި ހުންނަ ގަޑިތަކަކީ ހެނދުނު 8:00 އިން މެންދުރު 12:00 އަދި މެންދުރު 2:00 އިން ހަވީރު 6:00 އަށެވެ. ހުކުރު ދުވަސްތަކުގައި ލެވިޝްގެ ފިހާރަތައް ބަންދެވެ. ނަމަވެސް ބަންދު ގަޑިތަކުގައި ނުވަތަ ބަންދު ދުވަހެއްގައި، ލެވިޝްގެ ހޮޓްލައިން ނަންބަރު 7436762 އިން ގުޅޭނެއެވެ.

ލެވިޝްގެ ޑިޒައިންތައް، އެފްބީ އަދި ގޫގުލްއިންވެސް ބަލައިލެވެއެވެ. ފެންނާނީ ޝާހީ ގޮތްތައް ހުންނަ ހިތްގައިމު ތަކެއްޗެވެ. ކުލަ ނުވެއްޓޭ، ގިނަ ދުވަހު ރީތިކޮށް، ސާފުކޮށްލަން ފަސޭހަ، ފަރުމާތަކެވެެ.

"ލެވިޝްއަށް ލިބިފައި ހުރި ކުރިއެރުންތަކުގެ ތެރޭގައި އިންޑޯ ބްލައިންޑްސްތައް ހެދުމާއި މާލޭގެ ފޮތިކަލެންޝަންގެ އެންމެ ގިނަ ޗޮއިސް ލިބޭ ފިހާރަ. މާލެ ހުޅުމާލޭގައި އައުޓްލެޓްސް ހުރުމާއި އޮންލައިކޮށް ހުރިހާ ހިދުމަތެއް ލިބުމާއި ވޭތުވެދިޔަ އަހަރުތަކުގައި މައިގަނޑުގޮތެއްގައި ލިބިފައި ހުރި އެޗީވްމަންސްޓްތައް ފާހަގަކުރެވޭ. މިހާރު މާކެޓުގައި މިހުންނަނީ ޕޮލިސްޓާ ފޮތި. އެއީ ހިނގާ އެއްޗަކީ. އެ ފޮތި ހިނގާ ސަބަބަކަށް ވަނީ އޭތި ޑިއުރަބަލް ވެފައި ކުޑަ ހަރަދެއްގައި ގިނަ މުއްދަތަކަށް ގެންގުޅެވޭތީ." މެނޭޖިން ޑިރެކްޓަރު ހުސެއިން ވިދާޅުވިއެވެ.

17 ޖެނުައރީ 2026: ލަވިޝްގެ ޑިޒައިންތައް --- ފޮޓޯ/ ލަވިޝް

އަހަރުގެ އެކި ދުވަސްތަކުގައި ސޭލް އަދި ޑިސްކައުންޓްތައް ލިބޭ ޕްރޮމޯޝަންތައް ލެވިޝް އިން ކުރިޔަށްގެންދެއެވެ. މިހާރުވެސް ކުރިޔަށް އޮތް ރަމަޟާން މަހަށް 10 ޕަސެންޓާއި 15 ޕަސެންޓުގެ ޑިސްކައުންޓަށް ވަނީ ހުޅުވާލައިފައެވެ. ކުޝަން ކަވަރުގެވެސް އެންމެ ފަހުގެ ޒަމާނީ ޑިޒައިންތަކެވެ. މަޑު ކުލަތަކާއި ގަދަކުލަތަކެވެ. ޑިޒައިން އަދި ނޯމަލް ނަލަ، ހިތްގައިމު، ކުލަތަކެވެ.

ލެވިޝްއިން ދޭ ފާހަގަ ކޮށްލެވޭ އިތުރު ހިދުމަތްތަކަކީ ހިލޭ ކޮންސަލްޓޭޝަން އާއި މިންނެގުމެވެ.

ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އެންމެ ރަނގަޅު ހައްލު ފޯރުކޮށްދިނުމަކީ ލެވިޝް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ. މިވަގުތު މާލެ އަދި ހުޅުމާލޭގައި ދެ ތަނެއް ހުޅުވާފައި ހުރި ނަމަވެސް އުންމީދަކީ އަތޮޅުތަކަށް މި ހިދުމަތް ފުޅާކޮށް، އައުލެޓްތަކެއް ހުޅުވުންކަން މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.

17 ޖެނުއަރީ 2026: ލަވިޝްގެ ޑިޒައިންތައް --- ފޮޓޯ/ ލަވިޝް

"އަވަސް އަދި ފުރިހަމަ ހިދުމަތެއް؛ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ހިނގާ، އަދި ދޭ ހިދުމަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. އޯލް ދަ ބެސްޓް، އެންޑް ކީޕް އަޕް ދަ ގުޑް ވޯކް." ލެވިޝް އިން ހިދުމަތް ހޯދި ކަސްޓަމަރަކު ފާހަގަކޮށްފައިވެއެވެ.

އެ ތަނުގެ ހިދުމަތަށް ގިނަ ކަސްޓަމަރުން ދީފައިވަނީ ފަސްތަރި އެވެ. ލެވިޝް. އެމްވީ އަދި ލެވިޝްގެ އެފްބީ ޕޭޖުންވެސް އެތަނުގެ ގިނަ މައުލޫމާތު ލިބެއެވެ. ހިދުމަތުގެ ފެންވަރެވެ. ކަސްޓަމަރުން ތަނާ މެދު ދެކޭގޮތެވެ.

ފަރުދާގެ ބޭނުންތަކަށް ލެވިޝް ހިޔާރުކޮށްގެން، ސްޓައިލިޝް އަދި މަރުހަބާ ކިޔާ ގެއެއް އުފެއްދުމުގެ މަގު ފަހިކޮށްދޭނެ އެވެ. ރީތި، ފެންވަރު ރަނގަޅު ފަރުދާތަކުން ތިޔަބޭފުޅުންގެ ތަސައްވުރަށް ދިރުން ގެނެސްދިނުމަށް އެހީވެދެނީ ލެވިޝްގެ ހިތްގައިމު ޑިޒައިންތަކެވެ.

17 ޖެނުއަރީ 2026: ލަވިޝްގެ ޑިޒައިންތައް --- ފޮޓޯ/ ލަވިޝް

ފެޝަން ބަދަލުވާހެން ބަދަލުވާ ޓްރެންޑުތަކުގެ ޑިޒައިންތައްވެސް ލިބެން ހުރެއެވެ. ހުރިހާ އެެއްޗެއްސެއްސަކީވެސް ކަސްޓަމަރުންގެ ސެޓިސްފެކްޝަން އެވެ. މަސައްކަތް ފަށައި ނިންމަނީ އެ ވަގުތެއްގައި މަސައްކަތުގެ ލޯޑުތަކަށް ބެލުމަށްފަހު ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

"ޕްރޮޖެކްޓްސް ތަކެއް ވީމަ އެ ވަގުތެއްގެ ލޯޑަށް ޑިޕެންޓު ވަނީ. ނަގާތާ ހަތަރު ވަރަކަށް ޑޭސްތެރޭގައި ނުވަތަ ދިހަ ވަރަކަށް ދުވަސްތެރޭގައި ނިންމާލެވޭތޯ މަސައްކަތްކުރަނީ." ލަވިޝް މެނޭޖިން ޑިރެކްޓަރު ހުސެއިން ވިދާޅުވިއެވެ.

ޝޮޕް ކަލެކްޝަންސްތަކުގެ ތެރޭގައި:

  • ބެނބޫ ބްލައިންޑްސް
  • ގޮބްލެޓް ކާޓަންސް
  • ގޯމެޓް ކާޓަންސް
  • ހީޓް ރިޑުއިސިން އަލްޓްރާކޫލް
  • އިންވާޓަޑް ޕްލީޓް ކާޓަންސް
  • މިރޯ ވިންޑޯފްރޭމްސް
  • ރެޑީމޭޑް ކާޓަންސް
  • ރޯލާ ބްލައިންޑްސް
  • ޝެޓާޕްރޫފް ސެކިއުރިޓީ ވިންޑޯ ފްރޭމް. ހިމެނެއެވެ.
17 ޖެނުއަރީ 2026: ލަވިޝް ޑިޒައިންސްތައް --- ފޮޓޯ / ލަވިޝް
17 ޖެނުއަރީ 2026: ލަވިޝްގެ ޑިޒައިންތައް --- ފޮޓޯ/ ލަވިޝް

ނިއު ޑިޒައިން ފްލޯރަލް ކަލެކްޝަންސް ތަކުގެތެރޭގައި:

  • ވިންޓޭޖު ފްލޯރަލް ބްރައުން
  • މޮސައިކް ލީފް އަކުއާ ބްލޭޑް
  • ޝިއާ ފެބްރިކް ވައިޓް ޓެކްސްޗާ
  • މޯއްޗާ ވީވް
  • ރަސްޓިން ލިނެން
  • އޯކިޑް ޓްރިޕޮކްސް
  • ބްލޫބާޑް ބޮޓާނިކަލް
  • ފާންލީފް ބެއިޖް ހިމެނެއެެވެ.