އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ހާލު ދެރަވި އުމްރާވެރިޔާ ރާއްޖެ ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ރާއްޖެ ގެނެސްފައިވަނީ މިމަހު 10ގަ އެވެ. އަދި އެމީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރުދަނީ ފަރުވާދެމުންނެވެ.
އެޑްމިޓްކޮށްފައިވާ އުމްރާވެރިޔަކު ރާއްޖެ ގެެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިމަހު 6ގަ އެވެ.
އެމީހާ ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލަައިޓެއްގައެވެ.
ސްކޫލް ޗުއްޓީގައި ރާއްޖެއިން 7،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާއިޝަތު މާހާ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް