ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ "ޖޮބް ރެޑިނަސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއީ މީގެ ތިންވަނަ ޕްރޮގްރާމެވެ.
"ޖޮބް ރެޑިނަސް" ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމައު ބަލައިގަންނަ އަދި ހަމަހަމަ ފުރުސަތުތައް ލިބޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތައް ވަޒީފާތަކަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
އެގޮތުން މި ވޭތުވެދިޔަ ދެ އަހަރު، ހިންގި މި ޕްރޮގްރާމްގެ ދަށުންނާއެކު، ނުކުޅެދުންތެރިކަން ހުންނަ 350 މީހުންނަށް ވަނީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.
މި ޕްރޮގްރާމްގައި ވަޒީފާގެ މާހައުލުގައި އަމަލުތައް ބަހައްޓާނެ ގޮތާއި ގުޅިގެން މަސައްކަތް ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާއި މަސައްކަތުގެ މާހައުލުގެ އާއްމު ހުނަރުތައް ކިޔައިދީ ހޭލުންތެރި ކުރުވުން ހިމެނެއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ހިމަނާފައިވާ ލިންކާއި ކިއު އާރް ކޯޑް މެދުވެރިކޮށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެ ކަމަށެވެ.
ހަ މަސް ދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ވަޒީފާއެއްބޭނުންވާތީ އަދި ބަލާނެދަރިންގެ ހަރަދު ނުކުރެވުމުގެ ސަބަބުން އަޅުގަނޱު ވަޒީިފާ ބޭނުންވަނީ އަދި މިވަގުތުމިހުރީ ރާއްޖޭން ބޭރުގަބޭސްފަރުވާކުރަން ވައިބާ އިންގުޅުއްވާ 7406739 މާލޭގަ ދިރިއުޅެނީ
އައިސަތު ސަލްމާ - 5 މަސް ކުރިން