ހާއްސަ ސިއްހީ ބޭނުންތަކުގެ ޗުއްޓީއަށް އެދި ސިވިލް ސާވިސް މުވައްޒިފުން ސީދާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސީއެސްސީން މިއަދު ބުނީ އުސޫލު އެގޮތަށް ބަދަލުކުރީ، ހާއްސަ ސިއްހީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީ ދިނުމާ މެދު ގޮތެއް ކަނޑައެޅުމުގައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ސީއެސްސީން ބުނީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި ހާއްސަ ހާލަތްތަކުގައި ސިއްހީ ކަންކަމުގައި މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ގޮތަށް އެ ކޮމިޝަނުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް ހުށައަޅާ އިރު ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން، ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް އަންގާފައިވާ ކަމަށާއި މިކަމަށް އެދި ހުށަހަޅާނީ "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު