ނޫއުރަހަ ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އިއްޔެ ކުރިޔަށް ގެންދިޔަ ނީލަމެއްގައި ނޫއުރަހަ ކަންނެއްޔެއް 3.2 މިލިއަން އެމެރިކާ ޑޮލަރަށް ވިކިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ބަރުދަނުގައި 243 ކިލޯ ހުރި އެކަންނެއްޔަކީ ޓޯކިޔޯގެ ކިޔޮމޫރާ ސަރަހައްދުގައި ބޮޑުކޮށްފައިވާ ކަންނެއްޔެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކިޔޮމޫރާ އަކީ ޖަޕާނުގައި ސުޝީ ވިޔަފާރީގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އޮޕަރޭޓަރު ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ނީލަން ކާމިޔާބު ކުރި ކުންފުނީގެ ރައީސް ކޮޔޯޝީ ކިމޫރާ ވަނީ އަގު ބޮޑުކޮށް ނީލަމުގައި ވިއްކާލި ކަންނެއްޔަކީ މިއަހަރު ނީލަމުގައި ވިއްކާލި ފުރަތަމަ ކަންނެލި ކަމަށާއި އެ ކަންނެލި ފާހަގަކޮށްލެވެނީ ނަސީބުގެ ކަންނެއްޔެއް ކަމަށެވެ.
ކިމޫރާ ވަނީ 2012 ވަނަ އަހަރުވެސް 56.5 މިލިއަން ޔެން އަށް ނީލަމުގައި ކަންނެއްޔެއް ގަނެފައެވެ. އަދި 2013 ވަނަ އަހަރު 155 މިލިއަން ޔެންގެ އިތުރުން 2019 ވަނަ އަހަރު 333.6 މިލިއަން ޔެން އަށްވެސް ކަންނެއްޔެއް ނީލަމުގައި ގަނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު