ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކޮށްދޭން ނިންމައިފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ހުށަހަޅައިފައެވެ.
އެކަމާ ގުޅޭގޮތުން ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން މިހާރު ނަގަމުން އަންނަ ފީއަށް އަންނަ ފެބްރުއަރީ 1 އިން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިވަގުތު ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑްތަކެއް ތައާރަފްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
"މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބޭންޑްތައް މި ކޯޕަރޭޝަނުން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެ ވާހަކަ އާންމުންނާއި ވިޔަފާރިތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު