ތައިލެންޑާއި ކެމްބޯޑިއާ އަނެއްކާވެސް ސުލްހަ ވެއްޖެެއެވެ.
ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެގައުމުން ހަމަލާދީ އެ ސަރަހައްދުގެ މަޝްރަހު މިފަހުން ގޯސްވެ ބޮޑެތި ގެއްލުން ވަނީ ވެފައެވެ.
ދެގައުމުން މި ބުރުގައި ހަމަލާ ބަދަލުކުރުން ކުރިއަށް ގެންދާތާ ތިން ހަފުތާ ވެފައިވާ އިރު، އިއްޔެ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ ޑިފެންސުން ގުޅިގެން ނެރުނު ބަޔާނެއްގައިވާގޮތުން ހަމަލާ ބަދަލުކުރުން އިއްޔެގެ ޖީއެމްޓީ ގަޑިން 5:00 ގައި ހުއްޓާލައި ދެގައުމުންވެސް ބޯޑަރު ސަރަހައްދުގައި ތިބި ސިފައިން އެތަން ދޫކުރުމަށް އެއްބަސްވެފައިވެއެވެ.
ބަޔާނުގައިވާގޮތުން ހަމަލާ ބަދަލުކުރަން ފެށުމާއެކު ދެގައުމުގެ ބޯޑަރު ސަރަހައްދު ދޫކޮށް ދިޔަ އާންމުންވެސް އެ ސަރަހައްދުގައި އަލުން އާބާދު ކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ.
އޮފިޝަލުން ވަނީ ހަމަލާ ބަދަލުކުރުންތަކުގައި ދެގައުމުން ވެސް ހައްޔަރުކޮށްފައިވާ ސިފައިން މިނިވަން ކުރަން އެއްބަސްވެފައެވެ.
މިއަހަރު ކުރީކޮޅު ދެގައުމުން ފެށި ހަމަލާ ބަދަލުކުރުންތައް ވެސް ހުއްޓާލައި ސުލްހަވުމަށް އެއްބަސްވެފައިވާ އިރު، މިއަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ އެއަށް އަމަލު ކުރަން ފަށައިފައެވެ. އެއެއްބަސްވުމުގައި މެދުވެރިޔަކަށް ވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.
ތައިލެންޑާއި ކެމްބޯޑިއާ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެގައުމުން އެއްބަސްވެފައިވާ އިރު، މި ބުރުގައި ސުލްހައިގެ ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރެއް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް