ތުރުކީގައި ހަމަލާއެއް ދޭން ރާވަމުން ދިޔަ 115 މީހުން ހައްޔަރުކޮށްފިއެވެ.

ތުރުކީގެ އޮފިޝަލުން ވަނީ އާ އަހަރުގެ އިތުރުން ކްރިސްމަސް ބަންދުގައި އެގައުމުގައި ހަމަލާ ދިނުމަށް ރާވަމުން ދިޔަ 115 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ ވެރިރަށް އިސްތަންބޫލުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔަ ރެއިޑްތަކުގައި ހައްޔަރު ކުރި އެމީހުން ނިސްބަތް ވަނީ އިސްލާމިކް ސްޓޭޓަށް ކަމަށްވެސް ފާހަގަކޮށްފައެވެ.

ތުރުކީގެ 124 ސަަރަހައްދެއް ރެއިޑް ކޮށްފައިވާއިރު އެމީހުން ބޭނުންކުރި ހަތިޔާރާއި ބޮންތަކުގެ އިތުރުން ލިޔެކިޔުންތައްވެސް ފެނިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ތުރުކީގެ ފުލުހުން ނެރުނު ބަޔާނެއްގައިވާގޮތުން ހައްޔަރު ކުރި 115 މީހުންގެ އިތުރުން އެކަމުގައި އިތުރު 22 މީހަކު އުޅޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ތަހުގީގުން ވަނީ އެމީހުން ތުރުކީއިން ބޭރުގައި ހަރަކާތްތެެރިވާ އިސްލާމިކް ސްޓޭޓްގެ ބަޔަކާ ގުޅިފައިވާކަމަށް ފުލުހުން ބުނެއެވެ.

ތުރުކީއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިމިވަނީ އެގައުމުގެ އިންޓެލިޖެންސުން އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި އެގައުމުން ކުރިޔަށްގެންދިޔަ ބޮޑު އޮޕަރޭޝަނަކަށް ފަހުގައެވެ.

ތުރުކީގެ އޮފިޝަލުން ވަނީ ހަމަލާ ދިނުމަށް ރޭވި އެންމެ އިސްފަރާތްވެސް ހައްޔަރުކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ.