ތޫފާން ޑިތްވާގައި ލަންކާއަށް 4.1 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކްގެ ގުރޫޕް، ގްލޯބަލް ރެޕިޑް ޕޯސްޓް ޑިޒާސްޓަ ޑެމޭޖް އެސްޓިމޭޝަން ރިޕޯޓު އިއްޔެ އާންމު ކޮށްފައިވާއިރު އެ ރިޕޯޓުގައި ވާގޮތުން ސްރީލަންކާއަށް އެރި ތޫފާން ޑިތްވާގައި އެގައުމަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް ލިބުނު ގެއްލުމުގެ އަދު ވަނީ އަންދާޒާކޮށްފައެވެ.

އެބަޔާނުގައި ވާގޮތުން ލަންކާއަށް ތޫފާން އެރި ސަރަހައްދުގެ އިމާރާތްތަކަށް ލިބުނު ގެއްލުމާއި ދަނޑުތަކާއި ނާޒުކު ސަރަހައްދުތަކަށް ލިބުނު ގެއްލުން ދިސާރާކޮށް ފައިވެއެވެ.

ރިޕޯޓު ބުނާގޮތުން އެގެއްލުމަކީ އެގައުމުގެ ޖީޑީޕީގެ ހަތަރު އިންސައްޔަ ކަމަށެވެ.

ތޫފާނުގައި 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ބެލެވޭ އިރު ވޯލްޑް ބޭންކުގެ ރިޕޯޓުން ވަނީ އެގައުމަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ކެންޑީ ޑިސްޓްރިކްޓަށެވެ. ކެންޑީއަށް 689 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

ތޫފާނުގެ ސަބަބުން އާންމު ވަސީލަތްތަކާއި ދަތުރުފަތުރުގެ ނެޓްވޯކަށް އެކަނި 1.735 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. އަދި މީގެ އިތުރުން އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 985 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓުގައި ވެއެވެ.