ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓް ބޭނުން ކުރަން ފަށަން ޖަޕާނުން ނިންމައިފިއެވެ.
15 އަހަރުގެ މެދުކެނޑުމަކަށްފަހު ޖަޕާނުގެ ކަށިވަޒަކީ ކަރިވާ ނަމަކަށް ކިޔާ އެ ޕަވާ ޕްލާންޓު އަލުން އޮޕަރޭޝަނަކަށް ގެނެސް ބޭނުން ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޖަޕާނުން ބުނެއެވެ.
ޖަޕާނުގެ ފުކުޝިމާއަށް އައި ބިންހެލުމަކާ އެކު އެސަރަހައްދުގައި ހުރި ކަށިވަޒަކީ ކަރިވާގެ 54 ރިއެކްޓަރު ނިވި މައްސަލަ ޖެހި އެ ޕަވާ ޕްލާންޓް ވަނީ ބޭނުން ކުރުން ހުއްޓާލައިފައެވެ.
ކަށިވަޒަކީ ކަރިވާ ނިއުކްލިއާ ޕަވާ ޕްލާންޓް ހުންނަ ނިގަޓާގެ ސަރުކާރުން ވަނީ އެ ޕަވާ ޕްލާންޓުގެ މަސައްކަތް ފެށުމަށް ހުއްދަ ވެސް ދީފައެވެ. އެގޮތުން އެކި މަރުހަލާތަކަކަށް ބަހާލައިގެން އެމަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޯޕަރޭޝަނުން އޮޕަރޭޓްކުރާ އެޕަވާ ޕްލާންޓަކީ ޖަޕާނުގައި ހުރި 33 ނިއުކްލިއާ ޕަވާ ޕްލާންޓުތަކުގެ ތެރެއިން އޮޕަރޭޝަނަކަށް ގެންނަ 14 ވަނަ ޕްލާންޓު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަޕާނުގެ ނޫސްތަކުން ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ޕްލާންޓުގެ ހަތް ރިއެކްތަރު ޖައްސައި މަސައްކަތް ފަށާނެ ކަމަށް ހާމަކޮށްފައެެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު