ބޮންޑި ބީޗްގައި ބަޑި ޖެހި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގެ ފުލުހުން ވަނީ އެ ސްޓޭޓްގެ ބޮންޑި ބީޗުގައި ބަޑިން ހަމަލާދިނުމުގައި ހަރަކާތްތެރިވި ދެމީހުންގެ ތެރެއިން ސަލާމަތްވި ނަވީދް އަކްރަމްގެ މައްޗަށް 59 މީހަކު މަރާލި ދައުވާގެ އިތުރުން ޓެރަރިޒަމް އަމަލު ހިންގި ކަމުގެ ދައުވާ އުފުލާފައިވާ ކަމަށް ބުނެފައެވެ.
އުމުރުން 24 އަހަރުގެ ނަވީދް އަކްރަމް އާއި އޭނާގެ ބައްޕަ ސާޖިދު އަކްރަމް ގުޅިގެން ދިން އެހަމަލާގައި އޭނާގެ ބައްޕަ ވަނީ ފުލުހުން ދިން ބަޑީގެ ހަމަލާގައި މަރުވެފައެވެެ. އޮފިޝަލުން ވަނީ ސަލާމަތްވި ނަވީދު އަދިވެސް އޮތީ ހޮސްޕިޓަލުގައި. ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.
ޔަހޫދީ ދީނީ އެއްވުމެއް ކުރިޔަށް ދިޔަ ބޮންޑި ބީޗުގައި ބަޑިން ހަމަލާދީ 15 މީހަކު މަރާލާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ ފަރުވާ ދެމުން އަަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ނިއު ސައުތް ވޭލްސް ކޯޓުގައި ނަވީދް އަކުރަމްގެ މައްޗަށް ދައުވާ އުފުލުމަށް ބޭއްވި އަޑު އެހުމުގައި އޭނާ ބައިވެރިވެފައިވަނީ އޮންލައިންކޮށް ހޮސްޕިޓަލުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން