މަންޓާ އެއާ އިން ދ. ކުޑަހުވަދޫގައި އެއާކްރާފްޓް ސްޓްރަކްޗާސް އެޕްރެންޓިސް ޕްރޮގްރާމެއް ހިންގަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެ ޕްރޮގްރާމްގެ ތަފްސީލު ހިމަނައިފައެވެ. އެގޮތުން އެއް އަހަރު ދުވަހުގެ އެ ޕްރޮގްރާމްގައި އެއާކްރާފްޓް މަރާމާތު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި އެ ޕްރޮގްރާމް ފުރިހަމަކުރުމުން ޓެކްނީޝަން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުރިއަށްދާންވީ މަގު ސާފުވެ، ދަސްވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެންމެ ދަށްވެގެން އޯ ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މިމަހު 25ގެ ކުރިން ސީވީ އާއި އެހެނިހެން ލިޔުންތައް ފޮނުވަން ޖެހެއެވެ.
މަންޓާ އެއާގެ ހިދުމަތް ފަށާފައިވަނީ 2019 ވަނަ އަހަރެވެ.
އާއިޝަތު މާހާ
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު