ތައިލެންޑާއި ކެމްބޯޑިއާއިން ކޯޅުން ހުއްޓާލުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާއިން ވަނީ ތައިލޭންޑާއި ކެމްބޯޑިއާއިން އަލުން ހަމަލާ ދޭން ފެށިތާ ތިން ދުވަސް ފަހުން އެކަން ހުއްޓާލައި ބޯޑަރު ސަރަހައްދު އަމާންކުރުމަށް ގޮވާލައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އޮވެ ދެގައުމު ހަމަޔަކަށް އެޅުވި ފަހުން އަނެއްކާވެސް ހަމަނުޖެހުން ފެށުމުން ޓްރަމްޕް ވަނީ އަލުން މަޝްވަރާކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެެވެ.
ތައިލޭންޑާއި ކެމްބޯޑިއާއިން މީގެ އަހަރެއް ކުރިން ކުރަމުން އައި ހަނގުރާމަ އެމެރިކާއިން މެދުވެރިވެ ސުލްހަ ކުރުމަށްފަހު ދެގައުމުން ވެސް ހަމަލާތައް ބަދަލުކުރުން ހުއްޓުމަށްފަހު އަލުން ދެގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށައިފައެވެ.
ތައިލޭންޑާއި ކެމްބޯޑިއާއިން އަލުން ހަނގުރާމަ ފަށާފައިވާއިރު ދެގައުމުން ވެސް ވަނީ އިސް ނަގައި ހަމަލާދިނުމުގެ އިނގިލި ދެގައުމަށް ދިއްކުރަން ފަށާފައެވެ.
ހަމަލާ ބަދަލުކުރުމުގެ ތިން ވަނަ ދުވަހަށް ކުރިޔަށް ގޮސްފައިވާއިރު ދެގައުމުގެ ބޯޑަރު ސަރަހައްދުން މިހާތަނަށް 10 މީހުން މަރުވެފައިވެއެވެ. އަދި މީގެ އިތުރުން ދެގައުމުގެ އާންމުން ވަނީ ބޯޑަރު ސަރަހައްދު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ