ތައިލެންޑާއި ކެމްބޯޑިއާގެ ހަމަލާ ބަދަލުކުރުންތަކުގައި 10 މީހުން މަރުވެއްޖެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެގައުމުން ހަމަލާ ބަދަލުކުރަން ފަށާފައިވާ އިރު އެސަރަހައްދުން އެތައް ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ގައުމުން ވެސް ހަމަލާތައް ވަރުގަދަ ކުރަން ފަށާފައިވާ އިރު، މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން ތައިލެންޑުން މިހާތަނަށް ސިފައިންގެ ތިން މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކެމްބޯޑިއާއިން މުޅިން ވެސް މަރުވެފައިވަނީ އާންމުންގެ މީހުން ކަމަށް އެގައުމުން ބުނެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަކަށް އެއްބަސްވުމަށްފަހު އަލުން ދެގައުމުން ހަމަލާތައް ފަށާފައިވާ އިރު، ހަމަލާތައް ފަށަން އިސްނަގާފައި ވަނީ ކޮންބައެއްކަން ނޭންގި ދެ ގައުމުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް އެމައްސަލަ ރައްދުކުރަމުންނެވެ.

ކޮލަމްބިއާއިން ވަނީ ތައިލޭންޑުން ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން އެފް16 މަރުކާގެ ޖެޓު ބޭނުންކޮށް ހަމަލާ ދެމުން އަންނަ އިރު ވިހަ ގަދަ ގޭސް ވެސް ކެމްބޯޑިއާ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ.