އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއަށް ދިމާވި މައްސަލަތައް ހަލުކޮށް އެއެއާލައިންގެ އޮޕަރޭޝަން އާންމުހާލަތަކަށް ގެނެވިފައިވާ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.
އިންޑިގޯ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން އޮޕަރޭޝަނަށް ދިމާވި މައްސަލަތަކުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ކެންސަލްކޮށް ސަސްޕެންޑު ކުރުމުގެ އިތުރުން އެއާލައިންގެ މުޅި އޮޕަރޭޝަން ހުއްޓުމަކަށް އައުމަށްފަހު އަލުން ފަށާފައިވާ ކަމަށެވެ.
އެބަޔާނުގައި ވާގޮތުން އިއްޔެ އެއާލައިންގެ 1،800 ފްލައިޓުގެ ދަތުރުތައް ޝެޑިއުލްކޮށްފައިވާ ގޮތަށް ކޮށްފައިވާ ކަމަށާއި މިއަދުގެ ޝެޑިއުލްގައި 1،900 ފްލައިޓު ހިމަނާފައިވާ ކަމަށެވެ.
އިންޑިގޯގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާއި އެއާލައިންގެ މުވައްޒަފުންނާއި އެއާލައިނާ ދެމެދު ޖެހުނު މައްސަލަ ހައްލު ކުރުމަށް އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން ވަނީ އިންޑިގޯގެ އޮޕަރޭޝަން ފަސް އިންސަތަ ދަށް ކުރުމަށް އަންގައިފައެވެ. އަދި ޝެޑިއުލްގައި ވާގޮތަށް ދަތުރުތައް ފެށެންދެން އެގޮތައް އަމަލުކުރުމަށް ވަނީ އަންގައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު