ތައިލެންޑާއި ކެމްބޯޑިއާގެ ހަމަލާތަކުގައި ފަސް މީހުން މަރުވެއްޖެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ސަރަހައްދުގައި ދެގައުމުން ވެސް ހަމަލާ ބަދަލުކުރަން އިއްޔެ ފަށާފައިވާއިރު މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާ ބަދަލުކުރުން ތަކުގައި ކެމްބޯޑިއާގެ އާންމުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާކަމަށް އެގައުމުން ބުނާއިރު ތައިލެންޑުން ވަނީ އެގައުމުގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ.

ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑަރުގެ ތައިލެންޑުފަޅިން މިހާނަތަށް 35،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެެވެ.

ކެމްބޯޑިއާ އިން ވަނީ އެގައުމުގެ ބޯޑަރު ގުޅޭ ސަަރަަހައްދުން 1،157 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެސަރަހައްދުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާކަމަށް ބުނެފައެވެ.

ތައިލެންޑާއި ކެމްބޯޑިއާ މިއަހަރު ކުރީކޮޅު ހިނގި ހަމަނުޖެހުންތަކުގައިވެސް ދެގައުމުން 43 މީހުން މަރާލާފައިވާއިރު 300،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވެއެވެ.