ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ނުވަޔަކުން މަތީގެ ފިރިހެން ދަރިވަރުން، ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން މިހާރު ސްކޫލުތަކަށް ވަނީ ފޮނުވައިފައެވެ.
އާ އުސޫލުގައިވަނީ ކީ ސްޓޭޖް-4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓޭނެއެވެ. ނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށައިފައެވެ.
ނަމަވެސް ރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައި ކަމަށް އުސޫލުގައިވެއެވެ. އަދި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ޓެޓޫ ޖެހުންވެސް މަނާވާނެއެވެ.
އާ އުސޫލުގައިވާ ގޮތުން ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުންގެ ޔުނީފޯމުގައި ހަރުވާޅު ވަނީ ލާޒިމްކޮށްފައެވެ.
ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭ އިރު، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓޭނެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ވަނީ ދީފައެވެ.
ފިރިހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު ކީ ސްޓޭޖް 3-5ގެ ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ޓައީ އެޅުމުގެ އިހުތިޔާރު އޮތީ ސްކޫލުތަކަށް ދޫކޮށްލައިފައެވެ. ނަމަވެސް އެއަށްވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމެވެ.
ކުރެހުމުގައިވާ ގޮތުން ހުރިހާ ދަރިވަރުންގެވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީނެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫ ކުލައިގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2027 ވަނަ އަހަރުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ނިންމައިފައެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ