އިންޑޮނޭޝިއާ އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 604 އަށް އަރައިފިއެވެ.
އިންޑޮނޭޝިއާ ސަރުކާރުގެ ޑިޒާސްޓަ އެޖެންސީ އިން ވަނީ އެގައުމަށް އެރި ބާރުގަދަ ތޫފާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 604 އަށް އަރާފައިވާކަމަށް ބުނެފައެވެ.
ތޫފާނުގެ ސަބަބުން އެގައުމުގައި ފެންބޮޑުވި ސަރަހައްދުން ގެއްލިފައިވާ މީހުންގެ އަދަދުވެސް 500 އިން މައްޗަށް އަރާފައިވާއިރު އޮފިޝަލުން ވަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަަމަށް ބުނެފައެވެ.
އިންޑޮނޭޝިއާގެ 1.4 މިލިއަން މީހުންނަށް އެތޫފާނުގެ އަސަރުކޮށްފައިވާއިރު އޮފިޝަލުން ވަނީ ތިން ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އިންޑޮނޭޝިއާގެ އާޗޭ ސަރަހައްދާއި ސުމަޓްރާގެ އުތުރުގެ އިތުރުން ހުޅަނގަށްވެސް ބޮޑެތި ގެއްލުން ވެފައިވާކަމަށް ބުނެފައެވެ.
ރެސްކިއު ޓީމުތަކުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެކި ސަރަހައްދުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި