ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެއް އަހަރާއި ހަފުތާއެއް ވަންދެން ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ޕީއެސްއެމްގެ އެމްޑީކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާކަން ނަސްރީން ވަނީ "ވަންް" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ.
ނަސްރީން ވިދާޅުވީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕީއެސްއެމް އަދި ސަރުކާރާވެސް އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ އެހެން ދިމާލަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ،
ނަސްރީން އިސްތިއުފާ ދެއްވިއިރު ސަރުކާރުގެ އިސް މަގާކަމަށް އޭނާ ދާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ