މުލިއާގޭގެ ގަރާޖުގެ ގޮތުގައި ބޭނުންކުރި ތަނުގައި ގާއިމް ކުރި "ޒުވާނުންގެ ތާޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ގާއިމްކުރި "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެތަން ބައްލަވާލައްވައިފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެތަނަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތަކެއް ލިބޭނެ ގޮތަށް ގާއިމްކޮށްފައިވާ ތަނެއް ކަމަށެވެ. އެގޮތުން ކުރެހުންތެރިންނަށް ހާއްސަ ސަރަހައްދަކާއި މިއުޒިކް ރެކޯޑިންގްއަށް ހާއްސަ ސަރަހައްދެއްގެ އިތުރުން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ހިދުމަތްތައް ހިމެނޭނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ހިދުމަތްތަކަކާއި ފުރުސަތުތަކެއް، އެ މަރުކަޒުން ލިބެން ހުންނާނެ ކަމަށެވެ.
"ޒުވާނުންގެ ވެހި" ފަރުމާކޮށްފައިވަނީ ކަންކަން އުނގެނުމަށާއި އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައި ކަމަށެވެ.
އަދި މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.
އެ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަހައްދަކަށްވާ އިރު، އިތުރު ހަރަދަކާ ނުލައި، ސްޓޫޑަންޓް އައިޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ފާހަގަކޮށްލެވުނު އެއް ކަމަކީ ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ހެސްކިޔާފަ މަސައްކަތްކުރާކަމަށް އެއްކޮޅުން ބުނާއިރު އަނެއްކޮޅުން މިފެންނަނީ އޭގެ ދިމާ އިދިކޮޅު. ތިޔަ ހުޅުވި ތަނަށް ކިޔާފަ އޮތް ނަން ފިޔަވައި އެހެން ތަންތަނަށާ ކަންކަމަށް ބަލާފައި ބުނާނަމަ ގައުމީ ބަހަކީ ދިވެހިބަސްކަމަށް ހަދައިގެންއުޅޭ ދިވެހިރާއްޖޭގެ ތަނެއްކަން އެނގޭ އެއްވެސް އަލާމާތެއް ފާހަގައެއްނުވި. ރާއްޖޭން ބޭރުގައި އެގައުމެއްގެ ޒުވާނުންނަށް ހަދާފައި ހުންނާނެ ތަނަކާ މައްދިވެއްސެއްގެ ނަޒަރުން ބަލާއިރު ތަފާތުވާވާ ކަމެއް، ތަނެއް ނުފެނޭ
ކީއްމިވަނީ - 7 މަސް ކުރިން