އައިވީއެފް ހެދުމަށް މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ އެންސްޕާއިން ހަރަދުކޮށްފައިވާ ކަމަށް އެތަނުން ބުނެފިއެވެ.
އެންސްޕާއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފް ފަރުވާ 93 ފަރާތަކަށް ފޯރުކޮށްދީ 23 ފަރާތެއްގެ ފަރުވާ ކާމިޔާބުވެފައިވާ ކަމަށެވެ.
އައިވީއެފް ހެދުމަށް އެންސްޕާއިން މިއަހަރު ހަތް މިލިއަން ރުފިޔާ ހަރަދުކުރި އިރު މިދިޔަ އަހަރު 4.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އާސަންދަ މެދުވެރިކޮށް "އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތަކީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ނިންމި ވައުދެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލުން ވެސް މިހާރު އައިވީއެފްގެ ހިދުމަތް ލިބެއެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހާރިޖީ ގުޅުން
“ކަލަގޮވުން” ހުއްޓާލާ. ކޮށްދޭން ޖެހިގެން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ކޮންމެހެން ގޮވާކަށް ނުޖެހޭ.
ނުރަބޯ - 9 މަސް ކުރިން