ކ. ގުޅި ބަނދަރު ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
510 ދުވަސްތެރޭ ނިންމަން އެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 85.6 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބަނދަރު އަދި ނެރު ފުންކުރުން- ކުރީގެ ބަނދަރު މަރާމާތުކުރުން
- 12 މޫރިން ބޮއި ހަރުކުރުން
- 324 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
- 08 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ޖެހުން
- 270 މީޓަރު ރިވެޓްމަންޓް ޖެހުން
- 12 ބަނދަރު ބައްތި ހަރުކުރުން
- 2 ނެވިގޭޝަން ލައިޓް ހަރުކުރުން
- 3،170 އަކަމީޓަރ ޕޭވްމެންޓް ހެދުން
- ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮށްޓާ އިންވެގެން 100mx2mގެ ކޮންކްރީޓް ޖެޓީ އެޅުން
އާއިޝަތު މާހާ
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް