މިހާރު ރާއްޖޭގެ ހުރިހާ ރަށަކުންވެސް މަޝްރޫއުތައް ހިނގަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ގުޅި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ރަށްރަށުން ފެންނާނީ މަޝްރޫއުތައް ކުރިއަށްދާ މަންޒަރާއި ނިމެމުންދާތަން ކަމަށެވެ.
"ކޮންމެ ރަށްގައި ވެސް ފެނިވަޑައިގަންނަވާނެ މިހާރު. ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން، އާ މަޝްރޫއުތައް ފެށޭތަން. އެހެންވީމާ ގުޅީގެ ރައްޔިތުންނަށް ތިޔަ އެކްސްޕީރިއެންސް ކުރަމުންދާ ނޫނިއްޔާ ފެނިވަޑައިގަންނަވާ މަންޒަރަކީ އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަންތައް، ފެނިވަޑައިގަންނަވަމުންދާ ކަންތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ގުޅީގައި މަޝްރޫއު ނިމުނު ގޮތަށް އެހެން ރަށްރަށުގައިވެސް މަޝްރޫއުތައް ކުރިއަށްގޮސް ނިމެނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވައިފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސަރުކާރުން ވެފައިވާ ވައުދުތައް ރައްޔިތުން ބޭނުންވާ ގޮތަށް ފުއްދައިދިނުން ކަމަށެވެ.
"މިއީ ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭން، ގާނޫނާއި ގަވާއިދުގެ ތެރެއިން." ރައީސް ވިދާޅުވިއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު