ދުނިޔޭގެ އެންމެ ބޮޑު ''ސްޕައިޑާ ވެބް'' ސައިންސުވެރިން ހޯދައިފިއެވެ.
މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ''ސްޕައިޑާ ވެބް'' ސައިސުވެރިން ހޯދައިފައިވަނީ އަލްބޭނިއާ އާއި ގްރީސް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި ހޮހޮޅައަކުންނެވެ.
ސައިންސުވެރިން ބުނީ އެ ''ސްޕައިޑާ ވެބް''ގެ ބޮޑު މިނުގައި 106 ސްކެއާ މީޓަރު ހުންނާނެ ކަމަށާއި 100،000 އަށްވުރެން ގިނަ މަކުނު އޭގައި އުޅޭނެ ކަމަށެވެ.
ދެ ބާވަތެއްގެ މަކުނު އެ ''ސްޕައިޑާ ވެބް'' އިން ފެނިފައިވާ އިރު، އެ ދެ ބާވަތް އެއްކޮށް އުޅޭނެކަން މީގެ ކުރިން ހޯދިފައި ނުވާ ކަމަށާއި މިއީ ވެސް މި ''ސްޕައިޑާ ވެބް'' ތަފާތު ވެފައިވާ ސަބަބެއް ކަމަށް ސައިންސުވެރިން ވަނީ ފާހަގަކޮށްފައެވެ.
ހޮހޮޅައިން ފެނުނު މަކުނުތަކުގެ އިތުރު ތަހުލީލު ކޮށްފައިވާއިރު އޭގެ ޑީއެންއޭއިން ވަނީ އެ މަކުނުތައް ހޮހޮޅައިން ބޭރަށް ނިކުމެފައިނުވާކަން ފާހަގަވެފައެވެ. އެހެންކަމުން ސައިންސުވެރިން ވަނީ އެ މަކުނުތައް ދިރިއުޅުން ހޮހޮޅައިގެ މާހައުލަށް ހޭނިފައިވކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު