ޔާސް އިންވެސްޓްމެންޓް އިން ތައްޔާރުކޮށް ވިއްކާ "ފޮނި ފޯއް" އަކީ ހުއްދަ ދީފައިވާ އުފެއްދުމަށް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ "ފޯނި ފޯއް" ޕެކެޓުގެ ލޭބަލްގައި "އެޕްރޫވްޑް ބައި އެމްއެފްޑީއޭ" ޖަހައިގެން ވިއްކަމުންދާ ކަމަށެވެ. ނަމަވެސް އެ އުފެއްދުމަކީ އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އުފެއްދުމެއް ނޫން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ކާބޯތަކެތި އުފައްދައި ތައްޔާރުކޮށް އަދި ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހުއްދަދިން ނަމަވެސް އެފަދަ ތަންތަނުން އުފައްދާ ވަކިވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެޕްރޫވްޑް ބައި އެމްއެފްޑީއޭ ފަދަ އިބާރާތްތައް އުފެއްދުމުގެ ލޭބަލުގައި ޖަހައިގެން ވިއްކުމަކީ އޮޅުން އަރާނެ ކަމަކަށްވާތީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.