ގަތަރުގައި ބާއްވާ "ސެކަންޑް ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެ ގައުމުގެ ވެރިރަށް، ދޯހާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
މަދާމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ އެ ސަމިޓުގައި އިޖުތިމާއީ ތަރައްގީ ކުރިއެރުވުމާއި ފަގީރުކަން ނައްތާލުމާއި ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާއި ޝާމިލް މުޖުތަމަޢެއް ބިނާކުރުމާ ބެހޭ ގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.
މި ސަމިޓުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިރު، ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެފަހުން ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައި ވަނީ 1995 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް