ނެޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ.
މި ކެޓަގަރީތަކަކީ:
- 18 އަހަރުން ދަށުގެ ފިރިހެން ކުދިން
- 18 އަހަރުން ދަށުގެ އަންހެން ކުދިން
- 16 އަހަރުން ދަށުގެ ފިރިހެން ކުދިން
- 14 އަހަރުން ދަށުގެ ފިރިހެން ކުދިން
މިއީ ޖޫނިއާ ސާފިން މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސަފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ވެފައިވާ އެސްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ސަފިންގައި ޒުވާން ހުނަރުވެރިން އުފައްދާ ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނެޝަނަލް ޖޫނިއާ ސަރފިން ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ