އިޝްތިހާރެއްގެ މައްސަލައިގައި އެމެރިކާއިން ކެނެޑާގެ ޓެރިފް ބޮޑުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްްޕް އިއްޔެ ވަނީ އެ ގައުމަށް އެތެރެކުރާ ކެނެޑާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން ނިންމާފައިވާކަމަށް އިއުލާނުކުރައްވައިފައެވެ.
ކެނެޑާގެ އޮންޓާރިއޯގައި އެމެރިކާގެ ޓެރިފާ ދެކޮޅަށް ހަދާފައިވާ އިޝްތިހާރެއް ދެއްކި މައްސަލައިގައި ޓްރަމްޕް ނިންމަވައިފައިވަނީ ކެނެޑާއިން އެ ގައުމަށް އެތެރެކުރާ މުދަލުން މިހާރު ނަގަމުން އަންނަ ޓެރިފް އިތުރު 10 ޕަސެންޓަށް ބޮޑުކުރުމަށެވެ.
އެ އިޝްތިހާރު ދައްކާފައިވަނީ ކެނެޑާގައި ކުރިޔަށް ދިޔަ ބޭސް ބޯޅަ މެޗެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުއެވެ.
ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެ އިޝްތިހާރު ދެއްކުމަށްފަހު ނަގާފައިވާކަމަށާއި ނަމަވެސް އޭގެ ފަހުން އަލުން އަނެއްކާވެސް ދައްކާފައިވާކަމަށެވެ.
އެމެރިކާއިން ވަނީ ކެނެޑާއިން އެ ގައުމަށް އެތެރެކުރާ ބައެއް މުދަލުން 30 ޕަސެންޓަށް ޓެރިފް ނަގަން ނިންމައިފައެވެ. ބައެއް މުދަލުން 50 ޕަސެންޓް ޓެރިފް ނަގަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ