ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން "ޕިންކް ރިބަން ރަން-ވޯކް" ބާއްވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދިން މިއަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށެއްގަޔާއި ތިން ރިސޯޓެއްގައިވެސް މިއަދު ބާއްވާފައިވެއެވެ.
އެ އިވެންޓަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ. ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށާއި، ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގައެވެ.
ބީއެމްއެލުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި ސީއެސްއެމްގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައިވެއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް