ގޫގުލް އިން އިންޑިއާގައި 15 ބިލިއަން ޑޮލަރުގެ ޑާޓާ ހަބެއް ހަދަން ނިންމައިފިއެވެ.

ގޫގުލް އިން އިންޑިއާގައި ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ އޭއައި ޑާޓާ ހަބެއް ކަމަށާއި އެ ހަބް ހުންނާނީ އިންޑިއާގެ ދެކުނުން އޮންނަ އާންދްރަޕްރަދޭޝްގައި ކަމަށް އޮފިޝަލުން ބުނެއެވެ.

15 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޑޭޓާ ހަބް އަކީ ގޫގުލް އިން އެ ކުންފުނީގެ އޭއައި ސެންޓަރުތައް ދުނިޔޭގެ 12 ގައުމެއްގައި ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގާއިމު ކުރާ ހަބްތަކެކެވެ.

ދިއްލީގައި އޮތް އިވެންޓެއްގައި ގޫގުލް ކްލައުޑްގެ ސީއީއޯ ތޯމަސް ކުރިއަން ވަނީ އިންޑިއާގައި ގާއިމުކުރަން ނިންމާފައިވާ އޭއައި ހަބަކީ އެމެރިކާއިން ބޭރުގައި ގާއިމުކުރާ އެންމެ ބޮޑު ހަބް ކަމަށާއި ގޫގުލް އިން ކުރާ އެންމެ ބޮޑު އިންވެސްމެންޓް ކަމަށް ފާހަގަކޮށްފައެވެ.

އިންޑީއާ ވެފައިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އޭއައި ޑޭޓާ ސެންޓަރުތައް އެކި ކުންފުނިތަކުން ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ގައުމަކަށެވެ. އޮފިޝަލުން ވަނީ އިންޑިއާގެ އިންޓަނެޓް އަގުހެޔޮވުމާއި އެ ގައުމުގެ އާބާދީގައި އިންޓަނެޓް ބޭނުންކުރާ ނިސްބަތް ބޮޑުކަމަށް ބުނެފައެވެ.