ގާޒާ ޑީލްގެ ސަބަބުން އުންމީދު އާވެއްޖެ ކަމަށް ޔޫކްރޭނުގެ ލީޑަރު ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތް ކާމިޔާބުވެ ގާޒާގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ޕްލޭނަށް އަމަލުކުރަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޔޫކްރޭނަށް ރަޝިޔާއިން އަރައިގަނެ ކުރަމުން ދާ ހަނގުރާމަ ހުއްޓުވާލެވޭނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ދުނިޔޭގެ އެއްފަޅިޔަށް އަމާންކަން ގާއިމުކުރެވިއްޖެ ނަމަ އަނެއް ފަޅިޔަށް ވެސް މިނިވަންކަން ގާއިމުކުރުމަށް އުންމީދު އާވެގެން ދާނެ ކަމަށެވެ.

މިސްރުގައި މިހާރު ކުރިޔަށްދާ ޕީސް ސަމިޓުގައި ދުނިޔޭގެ ނުފޫޒު ގަދަ ލީޑަރުންވެސް ވަނީ ޔޫކްރޭން ރަޝިޔާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ފާހަގަކުރައްވައިފައެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިޗް މާޒް ވިދާޅުވީ ޔޫކްރޭނު ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އިސްރޯލެއް އަދާކޮށް ކާމިޔާބުކުރެވޭނެ ކަަމަށެވެ. އަދި ރައީސް ޓްރަމްޕް އެކަމުގައި މަސައްކަތް ކުރައްވާނެ ކަމަށް ފްރެޑްރިޗް ފާހަގަކުރައްވާފައިވެއެެވެ.