މެކްސިކޯގައި ފެންބޮޑުވެ 27 މީހުން މަރުވެއްޖެއެވެ.

މެކްސިކޯގެ އޮފިޝަލުން ވަނީ އެގައުމަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި މިހާތަނަށް އެކި ހާދިސާތަކުގައި 27 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި އެގައުމުގެ އިރުމަތީ ހިޑަލްގޯގައި އޮންނަ ކޯރެއް ބަންޑުން ވެފައިވާއިރު އެސަރަހައްދުގެ ބޮޑުސަރަހައްދެއް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޯރު ބަންޑުންވެ ފެންގަނޑު އެސަރަހައްދުގެ މީހުން އުޅޭ ސަރަހައްދަށް ފޯރި ވަގުތު އެތައް ހާސް ގެއަކަށް ބޮޑެތި ގެއްލުންވެ ބައެއް ގެތައް ފުނޑުފުނޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ އެގައުމުގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ރެސްކިއު ޓީމުތައް ފޮނުވުމަށް އަމުރުކުރައްވައިފައެވެ. އެގޮތުން ރެސްކިއު މަސައްކަތަށް ސަރުކާރުގެ ފަރާތުން 5400 މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ ރެސްކިއު އޮޕަރޭޝަނުގައި އެހީތެރިވުމަށް އެގައުމުގެ މިލިޓަރީ އިން ވެސް 3،300 ސިަފއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.