އަޒަރުބައިޖާންގެ ފްލައިޓު ވެއްޓުމުގައި ރަޝިޔާއިން ބައިވެރިވި ކަމަށް އެގައުމުން އެއްބަސް ވެއްޖެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިއްޔެ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލީވްއާ ބައްދަލުކުރެެއްވުމަށްފަހު ވަނީ 2024 ވަނަ އަަަހަރު ވެއްޓުނު އަޒަރުބައިޖާނުގެ ފްލައިޓު ވެއްޓުމުގެ ހާދިސާގައި ރަޝިޔާއިން ބައިވެރިވި ކަމަށާއި އެއީ އެހާލަތު މެދުވެރިވި ގޮތް ކަމަށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރަޝިޔާގެ ގްރޮޒްނީ އަށް ދަތުރުކުރި އަޒަރުބައިޖާންގެ އެ ފްލައިޓު ވެއްޓިފައިވަނީ އެވަގުތު ވައިގެ ތެރޭގައި ހަރަކާތްތެރިވި ޔޫކްރޭނުގެ ޑްރޯންއަކަށް ރަޝިޔާއިން ފޮނުވާލި މިސައިލް ހަމަލާއެއްގައެވެ.

އެހަމަލާ ގޮވާފައިވަނީ އަޒަރުބައިޖާންގެ ފްލައިޓާ ވަރަށް ކައިރިން ކަމަށާއި މިސައިލު ގޮވުމާއެކު ފްލައިޓުގެ ކުރީކޮޅު ވެސް ގޮވައި އެފްލައިޓު ވެއްޓިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޕޫޓިންވަނީ ރަޝިޔާއިން އެދުވަހު ކުރެވުމު އަމަލުގެ ސަބަބުން ލިބުނު ގެއްލުުމުގެ ބަދަލު ދޭން ތައްޔާރު ކަމަށްވެސް ވިދާޅުވެފައެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލީވް ވަނީ ރަޝިޔާއިން އެކަމުގެ ހަގީގަތް ހާމަކުރުމުގެ ސަބަބުން ޝުކުރުދަންނަވާ ކަމަށް ވިދާޅުވެފައެވެ.