އަހަރެއްތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިންމައިފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިމުން ފާހަގަކޮށްފައިވަނީ، އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިންމުމުގެ ހަނދާނީ ފިލާ ރައީސަށް ޖަލްސާގައި ވަނީ އަރުވައިފައެވެ. ރައީސަށް ހަނދާނީ ފިލާ އެރުއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އައިޑީކާޑާއި ޕާސްޕޯޓު އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އިފްތިތާހުކުރީ 2024 ނޮވެމްބަރު 16 ގައެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް