ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ، ނަމްބަރު އައިނު ހަދައިދުނުމުގެ ހިދުމަތަކީ، ވިޔަފާރީގެ އުސޫލުންދޭ ހިދުމަތެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ލިއުމުން ޖަވާބު ހޯއްދެވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާކަމަކީ ރެގިއުލޭޓްކުރުން ފާހަގަކޮށް، އާސަންދައިން އައިނު ހައްދަދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ، މެންބަރުވަނީ ސުވާލުކުރައްވައިފައެވެ.
މި ސުވާލުތަކަށް ލިއުމުން ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، ހެޔޮ އަގުގައި އައިނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސްގެ އިސްނެންގެވުމާއެކު، 27 ޖުލައިގައި އެ ހިދުމަތް ފަށާފައިވާ ކަަމަށެވެ.
އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށް ދެއަހަރުން އެއްފަހަރު އައިނު ހެއްދުމަށްކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެެރެއިން އައިޖީއެމްއެޗުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ވިޔަފާރީގެ އުސޫލުންކުރަމުންދާ މަސައްކަތެއް ނޫން ކަމަށެވެ.
"ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލްތަކުން ފޯރުކޮށްދެމުންދާ އައިނުގެ ހިދުމަތް ހޯދުމަކީ އާއްމުންނަށް މާލީގޮތުން ބުރައެއް ކުރިމަތިވެފައިވާ ކަމެއްކަމަށް،"
ގައުމީ ހެލްތު އންޝުއަރެންސްސްކީމް (އާސަންދަ)އިން ކަވަރުކުރަމުންދަނީ ނަމްބަރު އައިނު އަޅާފައިވާ ފަރާތްތަކަށް ކޮންމެ ދެއަހަރުން އެއްއަހަރު 1000 ރުފިޔާކަމުން ގިނަ ރައްޔިތުންނަށް ޖެހެނީ އަމިއްލަ ޖީބުން އެތައްއްހާސްރުފިޔާއެއް ހަރަދުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
އިރާނު-އިޒްރޭލު ހަނގުރާމަ
ބޭރު ކުޅިވަރު