ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރުގެ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދަން ސްޕޯޓްސް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 18 ރަށެއްގައި ޖުމުލަ 20 ޕްރޮޖެކްޓް ހިންގުމަށެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއެވެ.
އެމްޓީސީސީއާ މިއަދު ހަވާލުކުރި ޕްރޮޖެކްޓުތައް:
- އދ. ފެންފުށީ ވޮލީ ކޯޓާއި ދުވާ ޓްރެކް
- އދ. ހަންޏާމީދޫ ވޮލީ ކޯޓު
- އދ. އޮމަދޫ ވޮލީ ކޯޓު
- ހއ. މުރައިދޫ ފުޓްސަލް ދަނޑު
- ހއ. މޮޅަދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު
- ހއ. ދިއްދޫ ފުޓްސަލް ދަނޑު
- ރ. ކިނޮޅަސް އައުޓްޑޯ ޖިމް
- ރ. މަޑުއްވަރީ ފުޓްސަލް ދަނޑު
- ކ. ހިންމަފުށީ އައުޓްޑޯ ޖިމް
- ކ. ގުޅި އައުޓްޑޯ ޖިމް
- ކ. ތުލުސްދޫ އައުޓްޑޯ ޖިމް
- އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑު ލައިޓިންގެ މަސައްކަތް
- ތ. މަޑުފުށީ އައުޓްޑޯ ޖިމް
- ތ. ގުރައިދޫ އައުޓްޑޯ ޖިމް
- ތ. ވިލުފުށި އައުޓްޑޯ ޖިމް
- ތ. ބުރުނި އައުޓްޑޯ ޖިމް
- ގއ. ދެއްވަދޫ ވޮލީ ކޯޓު
- ގދ. ފިޔޯރީ އައުޓްޑޯ ޖިމް
އެ ރަސްމިއްޔާތުގައި އެ ރަށްތައް ހިމެނޭ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އާއިޝަތު މާހާ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ