ގާނޫނުގައި ބަޔާންކުރާގޮތަށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯއަކު ނުނަގާ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ފޮނުވާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.
އެންޑީއޭގެ ބޯޑުން ހަދާފައިވާ ގަވާއިދު ބަޔާންކުރާގޮތުން، އެ އެޖެންސީގެ ސީއީއޯ އަކަށް ހުންނަވާ ބޭފުޅަކީ ޑިގްރީ ސަނަދު އޮންނަ މީހަކަށްވުން ލާޒިމުކުރެއެވެ.
ނަމަވެސް އެންޑީއޭގައި މިހާރު ހުންނަވަނީ އެކްޓިން ސީއީއޯއެކެވެ.
އެކްޓިން ސީއީއޯއަކީ ގާނޫނު ދަންނަ މަފްހޫމަކަށް ނުވާހިނދު، ކަމުގެ އެއްވެސް އިލްމެއް އަދި ތަޖުރިބާއެއް ނެތް ބޭފުޅަކު އެންޑީއޭގެ އެކްޓިން ސިއީއޯއަކަށް ހުންނަވާތާ ދެ އަހަރު ވަނީ ކަމަށް މެންބަރު ފާހަގަކުރައްވައިފައިވެއެވެ.
އެހެންކަމުން ގާނޫނުގައި ބަޔާންކުރާގޮތަށް އެންޑީއޭއަށް ސީއީއޯއަކު ނުނަގަނީ ކީއްވެތޯ މެންބަރުން ވަނީ ސުވާލު ކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު