މަސްއޫދު އިމާދު މ.ތުޅާގިރި، އާއި އާއިޝަތު އަޒީމާ މ. ބިނާފުށި ދެ ގައުމެއްގެ ނޮން ރެޒިެންޓް ސަފީރުކަމަށް އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަސްއޫދު އިމާދު އައްޔަން ކުރަނީ މޮރިޝަސްއަށް ރާއްޖެއިން ކަނޑައަލާ ނޮން ރެޒިޑެންޓް ސަފީރު ކަމަށެވެ. އަޒީމާ އައްޔަން ކުރަން ހަމަޖެހިފައިވަނީ، ކަޖަކިސްތާނުގައި ހުންނަވާ ނޮންރެޒިޑެޓް ސަފީރު ކަމަށެވެ.
މިދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް، މަޖިލީހުގެ ރުހުންހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުން، މަޖިލީހުގެ އަމީން އާއްމު، މިއަދުގެ ޖަލްސާގައި އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް، މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.
މަސްއޫދަކީ ސްރީލަންކާއަށް ރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި އަޒީމާއަކީ އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު