އިންޑޮނޭޝިއާގައި ސްކޫލެއްގެ އިމާރާތެއް ވެއްޓި ހަތަރު ކުދިން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ އިރުމަތީ ޖާވާ ސަރަަހައްދުގައި ހުންނަ ސްކޫލެއްގެ އިމާރާތް ވެއްޓުނު ހާދިސާގައި މިހާތަނަށް 100 އަށްވުރެން ގިނަ ކުދިންނަށް އަނިޔާވެ ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ވެއްޓުނު އިމާރާތުގެ ދަށުގައި ބައެއް ކުދިން ތާށިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އިމާރާތުގެ ދަށުގައި ތާށިވީ ކުދިން ސަލާމަތްކުރުމަށް އެގައުމުގެ ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން ދާކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ދެބުރިޔަށް އިމާރާތްކޮށްފައިވާ އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލުގެ އެއިމާރާތް ވެއްޓިފައިވަނީ ދަރިވަރުން އެއިމާރާތުގައި ކޭމްޕެއް ބާއްވަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެސްކިއު ޓީމުތަކުން އިމާރާތުގެ ދަށުން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރުވެސް އެކި ދިމާލުން ކުދިން ރޯ އަޑު އިވޭކަމަށް އޮފިޝަލުން ބުނެއެވެ.
ރެސްކިއު ޓީމުތަކުން އިއްޔެވެސް އިމާރާތުގެ ދަށުން ދެކުއްޖަކު ސަލާމަތްކޮށްފައިވާއިރު އެތަނުން އެއްކުއްޖަކު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު