ފިލިޕީންސްއަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.
ރެކްޓަ މިންގަނޑުން 6.9 މެގްނިޓިއުޑްގައި ފިލިޕީންސްގެ މެދުތެރޭ ސަރަހައްދަށް އައި އެ ބިންހެލުމުގައި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ސުނާމީއެއްގެ ނުރައްކާ ވެސް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުން އައީ އެގައުމުގެ ސެބޫ ޕްރޮވިންސުގެ ބޮގޯ ސިޓީއާ ކައިރި ސަރަހައްދެއްގެ ކަނޑުގެ އަޑިން 10 ކިލޯމީޓަރުގެ އަޑިއަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އެސަރަހައްދަށް އެވަރުގެ ބާރުގަދަ ބިންހެލުމެއް އައުމާއެކު ބިންހެލުމުގެ ބާރުގަދަކަމުން ލިބޭ ގެއްލުން ބޮޑުވެ މީހުން މަރުވުން ވެސް އެެކަށީގެންވާ ކަމަށް ބުނެފައެވެ.
ސޯޝަލް މީޑިއާގައި ފައުރުވަމުންދާ ބައެއް ވީޑިއޯތަކުގައި ސެބޫ ޕްރޮވިންސުގައި ބިންހެލުމުގެ ސަބަބުން އާންމުން މަގުތަކަށް ނުކުމެ އުޅޭ މަންޒަރު ފެނެއެވެ. އަދި މީގެ އިތުރުން ބައެއް އިމާރާތްތަކަށް ލިބިފައި ހުރި ގެއްލުންތަކާއި އަލިފާން ރޯވެފައި ހުރި އިމާރާތްތަކުގެ މަންޒަރުތައް ވެސް ފެނެއެވެ.
ބިންހެލުން އައި ސަރަހައްދުތަކަށް ރެސްކިއުޓީމުތައް ދަތުރުކޮށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި ލިބިފައި ހުރި ގެއްލުންތައް ބެލުމުގެ މަސައްކަތް ވެސް އިދާރާތަކުން ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު